English Edition
Dhivehi Edition

އަބަދުވެސް ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ދުނިޔެ ވަށާ ބުރެއް ޖަހާލެވޭނީ ކިހާވަރަކަށް ހެއްޔެވެ؟

އެއްބަޔަކު ބުނާ ގޮތުންނަމަ 1000 ޑޮލަރަށް މި ދަތުރު ކުރެވިދާނެއެވެ. ނަމަވެސް މިއަދަދަކީ ސިކުނޑިއަށް ޤަބޫލުކުރެވޭ އަދަދެއް ނޫނެވެ. އަނެއް ބަޔަކު 40 ލައްކަ ޑޮލަރު މިދަތުރަށް ހޭދަކުރިކަމަށް ބުނުމުން އެއީ މާބޮޑު އަދަދެއްކަމަށް ޤަބޫލުކުރެވެއެވެ. އެހާ ގިނަ ޑޮލަރު ހޭދަކުރަނީނަމަ އެދަތުރު ވެގެންދާނީ މަތީ ފަންތީގެ ދަތުރަކަށެވެ. އެހެންކަމުން އެއްވެސް މީހަކަށް އެކަށީގެންވާ ރަނގަޅު އަދަދެއް ބުނެދެވިފައި ނުވުމަކީ މިފަދަ ދަތުރަކަށް ދާން ބޭނުންވެފައިވާ ބަޔަކަށް އޮތް ހުރަކަށް ވަނީ ވެފައެވެ.

މިފަދަ ދުރު އަދި ދިގު ދަތުރެއް ކުރުމަކީ މަދު ބަޔަކަށް ކުރެވިދާނެ ކަމެކޭ ވެސް އެއްބަޔަކު ބުނެއެވެ. އެހެނީ 328 ދުވަސް ނުވަތަ 11 މަސްދުވަސް މިދަތުރަށް ހޭދަވެއެވެ. އަދި 15 ޤައުމަކަށް ދަތުރުކުރަން ޖެހެއެވެ. އަދި ކޮންމެ ޤައުމަކަށްވެސް ކޮންމެވެސް ވަރެއްގެ ޚަރަދުތަކެއް ދާނެއެވެ. އެހެންނަމަވެސް އެކުރެވޭ ހުރިހާ ޚަރަދެއް ރަނގަޅަށް ބަލާލައިފިނަމަ ޖުމްލަ ހޭދަވި މިންވަރެއް އެނގިދާނެއެވެ. ހަޤީގަތަކީ ދުނިޔެވަށާ ދަތުރެއް ކުރުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާނެ އަގުބޮޑު ދަތުރެކެވެ.

އެހެންނަމަވެސް އެފަދަ ދަތުރެއް ކުރުމަށް ޝަޢުޤުވެރިކަން އުފެދިފައިވާ މީހަކަށް އެކުރެވޭ ޙަރަދަކީ ބޮޑު އެއްޗަކަށް ނުވެދާނެއެވެ. އެގޮތުން މިދަތުރު ކޮށްފައިވާ ބައެއް މީހުންގެ ދިރިއުޅުމަށް ބަލާއިރު ދުނިޔެ ވަށާ ދަތުރުކޮށްފައި ތިބީ ހުސް މުއްސަދިންނެއް ނޫނެވެ. ނިކަމެތި ފަޤީރުންވެސް މި ހުވަފެން ހަޤީގަތަކަށް ހަދާފައިވެއެވެ. އެގޮތުން ބައެއް މީހުން އެމީހުން ގެންގުޅޭ ސާމާނު ވިއްކާލައިގެންނާއި، އަންނައުނު ވިއްކާލައިގެން ވެސް މިކަމަށް ޚަރަދުކޮށްފައި އެބަހުއްޓެވެ.

ކޮންމެ މަހަކު އާމްދަނީގެ ބޮޑުބައެއް ކުލި ދެއްކުމާއި، އެހެނިހެން އެއްޗެހި ގަތުމަށް ހޭދަ ކުރުމުގެ ބަދަލުގައި ޝައުޤުވެރިވާ މިފަދަ ކަމެއް ކުރުން ރަނގަޅެވެ. މިދަތުރަކީ ބަޖެޓް ކޮށްގެން ކުރެވޭ ދަތުރެއް ނޫނެވެ. މިހާތަނަށް މިދަތުރު ކުރިމީހުންނާއި ސުވާލުކޮށްލުމުން އެފަރާތްތަކުން ބުނެފައިވަނީ ދަތުރު ފެށުމުން އެދަތުރަށް ހޭދަވާނެ ވަރު އަންދާޒާ ކޮށްލަން އުނދަގޫވިކަމަށެވެ.

ދުނިޔެ ވަރާ ކުރާ ދަތުރަށް ދާނެ ޚަރަދަކީ ބޮޑު ޚަރަދެއްކަމަށް ވަރަށް ގިނަ މީހުން ބުނަމުންދެއެވެ. އެ ދުނިޔޭގައި މިހާތަނަށް މިދަތުރު ކޮށްފައިވާ މީހުން ބުނާ ގޮތުން 17000 އާއި 19000 ޑޮލަރަށް މި ދަތުރު ކޮއްލެވޭނެއެވެ. އެހެންކަމަށްވާނަމަ އެއީ ދިވެހި ރުފިޔާއިން ބަލާނަމަ މިފަދަ ދަތުރަކާއި އަޅާބަލާއިރު ގިނަ އަދަދެއް ނޫނެވެ.

އެމީހަކު ކުރަން ބޭނުންކަމެއް ނުކޮށް ހުރުމުގެ ބޭނުމެއް ނެތެވެ. އަގުހެޔޮކޮށް ހުވަފެނެއްގައި ކުލަ ޖެހެން އޮތްވާ އެއަށް ފުރަގަސް ދިނުން ބުއްދިވެރިއެއް ނޫނެވެ. ދުނިޔެ ވަށާ ބުރެެއް ޖަހާލުމަކީ ހީވެސް ނުކުރާހާ ގިނަ ތަޖުރިބާތަކަކާއި، އެތަކެއް އާދަޔާ ޚީލާފު މަންޒަރުތަކެއް ފެނިގެންދާނެ ކަމެކެވެ.