English Edition
Dhivehi Edition

މާލެ ސިޓީން ކޮވިޑް-19 އަށް އަނެއްކާވެސް އިތުރު ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފި އެވެ. މިއީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަށްވަނަ މީހާ އެވެ.

އެޗްޕީ އޭއިން ހާމަކުރެއްވި ގޮތުގައި އެމީހާގެ ގައިން ކޮވިޑް19 ގެ އަލާމާތް ތައްފެނި ކުރި ޓެސްޓް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް އެމީހާ ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް އަދި އެމީހާއަކީ އެންމެ ފަހުން ޕޮޒިޓިވް މީހާ އާއި ކޮންޓެކްޓް ވިފަރާތެއް ކަމެއް އެޗްޕީއޭއިން ހާމަކޮށްފައި ނުވެއެވެ.

މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 28 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ޖުމްލަ 13 ދިވެހިން ހިމެނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދު 18:00 އިން ފެށިގެން މުޅި ރާއްޖެ ފުރަބަންދުކުރުމަށް ނިންމައިފަ އެވެ. އެގޮތުން އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރާ ކަމަށެވެ.