ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:30 އާއި ހަމައަށް ކަމަށާއި ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.
Heavy rain and thunderstorms expected. pic.twitter.com/txkUJyZVyO
— Maldives Meteorology (@MetMaldives) April 16, 2020
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.