English Edition
Dhivehi Edition

އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ އާ ރައީސާއަކަށް މަރަދޫ ދާއިރާގެ މެމްބަރު ޝެހެނާޒް ރަޝީދު ހޮވައިފިއެވެ.

ޝެހެނާޒް އެމަގާމަށް ހޮވާފައިވަނީ ކުރިން އެ މަގާމު ފުރުއްވަވަމުން ގެންދެވި ހިތަދޫ މެދު ދާާއިރާގެ މެމްބަރު ޖަމްޝީދާ މުޙައްމަދު، އެދާއިރާގެ ކައުންސިލަރު ކަމުގެ މަގާމަށް ހޮވިލެއްވުމާ ގުޅިގެންނެވެ.

މިއަދު ކައުންސިލް އިދާރާގައި ބޭއްވި ކޮމެޓީގެ ރައީސާ ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ބޭއްވި ވޯޓު ލުމުގައި އެ މަގާމަށް ކުރިމަތު ލެއްވެވީ މިހާރުގެ ނައިބު ރައީސާ އާމިނަތު އަލީ ޝިހާބް އާއި ޝެހެނާޒެވެ. ކޮމެޓީގައި ތިއްބަވާ 6 މެމްބަރުން ދެއްވެވި ވޯޓުގައި އާމިނަތު އަށް ލިބިލެއްވެވީ 2 ވޯޓެވެ. އަދި ޝެހެނާޒަށް ލިބިލެއްވެވީ 4 ވޯޓެވެ.

ވޯޓުގެ ނަތީޖާއިން ރައީސާ ކަމަށް ޝެހެނާޒް ހޮވުނު އިރު ނައިބް ރައީސާ އަކީ ކުރިން ވެސް އެމަގާމުގައި ހުންނެވި އާމިނަތު ޝިހާބެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އަންހެނުންގެ ކޮމެޓީން މަދުވެފައިވާ 2 މެމްބަރުންގެ ބަދަލުގައި އަލަށް ކޮމެޓީއަށް ހޮވުނު 2 މެމްބަރުންވެސް އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.