English Edition
Dhivehi Edition
ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/ މިހާރު

ކިޔޫ ހެދުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެސްޓިއޯ ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެދިވަޑައިގެންފިއެވެ.

މިއަދު މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ގިނަ ބަޔަކު ވިޔަފާރިކުރުމަށް އެސްޓިއޯ ސުޕަމާޓް ކައިރީގައި ކިޔު ހަދާފައިވާއިރު އެމްޑީ އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯއިން މިހާރު ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށާއި އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ކަމަށެވެ. އަދި މި ވަގުތު ތޮއްޖެހިގެން އެއްޗެހި ގަތުމަށް ނުދިއުމަށް އަމްރު ވަނީ އިލްތިމާޒުކޮށްފައެވެ.

ގޭގައި ތިބެގެން އެސްޓިއޯ އިން ވިޔަފާރި ކުރުމަށް https://sto.mv/Product ގައި ގަންނަން ބޭނުންވާ މުދަލަށް އޯޑަރުކުރުމުން ގެއަށް ގެންގޮސް ދިނުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.