English Edition
Dhivehi Edition
ފޮޓޯ: އެސްޓިއޯ

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ “އަންކާރާ” ބްރޭންޑުގެ ޕާސްތާ އަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ އަންކާރާނައިޓް އަންނަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެން ކުރިޔަށް ގެންދާ އަންކާރާ ނައިޓްގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިންގ އަދި ލައިވް މިއުޒިކް އޮންނާނެއެވެ.

އެސްޓއޯ އިން ބުނީ ހޮނިހިރު ދުވަހުގެ ރޭގެ 8:00 ން 10:30 އަށް ކުރިޔަށް ގެންދާ އަންކާރާ ނައިޓަށް ޒިޔާރަތްކޮށްގެންވެސް އިނާމެެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ “އަންކާރާ” ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ.

އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި، ވިޓަމިން ރޭންޖާއި، ތަރުކާރީ، ބުރޭން، ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ލިބެން ހުރެއެވެ.

އަންކާރާ ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ.އަދި ކުޑަކުދިން ނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ޗޮއިސް އެކެވެ.

އެސްޓީއޯ އަންކާރާ ނައިޓް މިދިޔަ އަހަރު ކުރިޔަށްގެންދިޔައީ އައްޑޫ ސިޓީގައެެވެ.