English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

އެސްޓީއޯ އިން ފިޔާ، އަލުވި، އަދި ބިހުގެ ފުރަތަމަ ޝިޕްމެންޓް މާރުކޭޓަށް ނެރެ، ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ ރޯދަމަހު ހުސްވިޔަނުދީ ހިފެހެއްޓުމަށާއި މާކެޓް ސްޓޭބަލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރު ވެސް ވަނީ ފިޔާ، އަލުވި، އަދި ބިސް ޝިޕްމެންޓްތަކެއް ގެނައުމަށް ނިންމާފައި ކަމަށެވެ.

މިގޮތުން ފުރަތަމަ ޝިޕްމެންޓް މިހާރުވަނީ މިދިޔަ މަހުގެ 28 އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން، އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން ވަނީ ވިއްކަން ފަށާފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ހޯލްސޭލްކޮށް މުދާ ދޫކުރާނީ ދެ ސަރަހައްދަކުން ކަމަށާއި އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލުޖުން ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށާއި އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯ އިން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ވެސް ގެނެވޭނެ ކަމަށާއި ހާއްސަކޮށް ބާޒާރުގައި އަގުތަށް އަރައިގެން ދާކަމަށް ފާހަގަކުރެވޭ ތަކެތި ގެންނާނެ ކަމަށެވެ. އަދި ލޯކަލީވެސް ބައެއް މުދާ ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ނެގޭނެ ކަމަށް ބުންނެވެ.

އެގޮތުން، ލީސިންގ ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެ ކަމަށް ބުނެއެވެ.

ޓެގު