English Edition
Dhivehi Edition
17 ފެބުރުވަރީ 2020ގައި މާލޭގެ މަގުތައް އަލުން މަރާމާތުކުރަން ފެށުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޢަސްރު ނަމާދަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޤައުމާއި މުޚާތަބް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ރައީސް ސޯލިހް ޤައުމާއި މުޚާތަބް ކުރައްވާނެ ކަމަށެވެ.

 

މިއަދު ރައީސް ޤައުމާއި މުޚާތަބް ކުރައްވަން ނިންމެވިއިރު މާލެ ސިޓީ ސަރަޙައްދުން ވަނީ ފުރަތަމަ ފަހަރަށް ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެފައެވެ.

މާލެއިން މީހަކު މިބައްޔަށް ޕޮޒިޓިވް ވުމާގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅު ތަކެއް ވަނީ އަޅުއްވަން ފައްޓަވާފައެވެ. އެގޮތުން މާލެސިޓީގެ މާލެ، ވިލިމާލެ އަދި ހުޅުމާލެ އެއްކޮށް ލޮކްޑައުން ކުރެވި މިއަދު 3.30 އިން ފެށިގެން މަގުމައްޗަށް ނިކުތުން ވެސް ވަނީ މަނާ ކޮށްފައެވެ.