English Edition
Dhivehi Edition

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި އެވެ.

މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަަމަ ފެނުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައި ވަނީ މި އޭޕްރިލް މަހުގެ ދެ ވަނަ ދުވަހާ ހަމައަށެވެ.

އެހެންނަމަވެސް، ވޭތުވެދިޔަ 13 ދުވަސްތެރޭ މި ވަނީ އިތުރު އެއް މިލިއަން މީހުން މި ރޯގާ އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 2,004,991 އަރާފައެވެ. މީގެއިތުރުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް މުޅިން އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ ގާތްގަނޑަކަށް 7,131 އެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުން 126,839 މީހުން މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 485,827 މީހުންނެވެ.

ބަލިޖެހުނު މީހުން އެންމެ ގިނައިން ތިބި ގައުމުތައް:

  • އެމެރިކާ: 614,246
  • ސްޕެއިން: 174,060
  • އިޓަލީ: 162,488
  • ފްރާންސް: 143,303
  • ޖާމަނީ: 132,210