English Edition
Dhivehi Edition
13 އެޕްރީލް 2020 ގައި ބޭއްވެވި ވަޒީޜުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އަދި ކުރިއަށް އޮތްތާނގައި އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅުތަކާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

Advt

Advertisement

މިއަދުގެ ޖަލްސާގައި، ކޯވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޝުކުރުއަދާކުރެއްވިއެވެ