English Edition
Dhivehi Edition
ޑްރަގް ކޯޓު - ފޮޓޯ: ޑްރަގް ކޯޓު

ކޮވިޑް-19 އާ ގުޅިގެން ޑްރަގް ކޯޓުގެ އަމުރު ހަވާލު ކުރުމުގެ ޚިދުމަތާއި އެހެނިހެން ބައެއް ޚިދުމަތްތަށް އޮންލައިންކޮށްފި އެވެ.

ޑްރަގް ކޯޓުން ބުނީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެ ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޕޯރޓަލް ފަރުމާކޮށް ޑިވްލޮޕް ކޮށްފައި ވަނީ މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުން ކަމަށާއި، އެ ޕޯރޓްލް ގެ ހިދުމަތް ހޯދުމަށް ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުން ކޯޓުގެ ވެބްސައިޓްގެ ކޯޓު އަމުރު ޕޯރޓަލް ގައި ރަޖިސްޓްރީވާންޖެހޭނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

އަދި އެ ޕޯރޓަލްގައި ރަޖިސްޓްރިވެފައިވާ ފަރާތްތަކަށް އަމުރެއް ނެރޭ ވަގުތުން އެ ފަރާތަކަށް އެސްއެމްއެސް އެލާރޓް ނޮޓިފިކޭޝަން ލިބިވަޑައިގަންނާވާނެ ކަމަށާއި، ކޯޓުގެ އެހެން ޚިދުމަތް ދިނުމުގެ ގޮތުން، ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ ޚިދުމަތާއި ގުޅޭކަންކަން ކޯޓަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

މީގެ އިތުރުން ޑްރަގް ކޯޓުން ބުނީ ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ ޚިދުމަތާއި ގުޅޭ ކަންކަން ކޯޓަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކޯޓު އަމުރު ޗެކް ކުރާނީ އެ ކޯޓުގެ ވެބްސައިޓްގެ ކޯޓު އަމުރު ޕޯޓަލް އިން ކަމަށްވާއިރު، މައްސަލަ ހުށަހެޅުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. އަދި އެހެނިހެން ޚިދުމަތް ހޯދުމަށް އީމެއިލް ކުރާނީ [email protected] އަށް ކަމަށްވާއިރު، ވަޒީފާ އެދި ހުށަހަޅާ ފޯމު އީމެއިލް ކުރާނީ [email protected] އަށެވެ. އަދި މައްސަލައިގައި އަޑުއެހުންތަކުގެ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 10:00 އާއި 14:00 އާއި ދެމެދު 3340913 އަށެވެ.