English Edition
Dhivehi Edition
ސިވިލް ކޯޓު - ފޮޓޯ: ސަން

ސިވިލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކުގައި ހިމެނޭ ފަރާތްތަކުން ޢަމަލުކުރަންވީ ގޮތް އާންމުކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކުގައި ހިމެނޭ ފަރާތްތަކާއި މުޢާސަލާތު ކުރާނެ ފަރާތެއްގެ އީމެއިލް އެޑްރެސް އަދި މޯބައިލް ފޯނު ނަންބަރު ލިޔުމަކުން ކޯޓަށް އަންގަން ޖެހޭނެ ކަމަށެވެ. ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކޯޓުގައި ރަޖިސްޓްރީވުމަށް ކޯޓުން އުފައްދާފައިވާ ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އެ ދެ ގޮތުން ކުރެ ގޮތަކަށް ޢަމަލު ކުރުމަށް އަންގާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސިވިލް ކޯޓުން ވަނީ ނިމިގެންދިޔަ މާރިޗު މަހުގެ ތެރޭގައި އެ ކޯޓުގެ އަޑުއެހުންތއް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިއުމަށާއި، އީމެއިލްގެ ޒަރީޔާއިން މައްސަލަ ހުށަހަޅަންޖެހޭ ގޮތަށް ނިންމައިފަ އެވެ.

ސިވިލް ކޯޓުގެ އިތުރުން ޝަރުޢީ އެހެން ކޯޓުތަކުންވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.