English Edition
Dhivehi Edition
12 ޖަނަވަރީ 2020 ގައި ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ޓްރެފިކް ޕޮލިހުން މާލޭގެ މަގެއް ޕެޓްރޯލް ކުރަނީ - ފޮޓޯ: ޓްރެފިކް ޕޮލިސް އެމްވީ

މާލޭ ސިޓީގެ އިތުރު ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 08 އޭޕްރިލް 2020 ވަނަ ދުވަހުން ފެށިގެން އިތުރު ދެ މަގެއް އެއްކޮޅަށް ދުއްވާ މަގުތަކެއްގެ ގޮތުގައި ހަމަޖެއްސާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ ވަނީ ތަރާނާ ގޯޅި (357 ނަންބަރު ކޮށްޓާއި އިންވެގެން އޮންނަ ގޯޅި) އުތުރުން ދެކުނަށް ދުއްވާ ގޮތަށް އަދި ފަޅުމަތީ މަގުގެ އެއްބައި ކަމުގައިވާ ރެހެންދި ހިނގުމުން ފެށިގެން ތަރާނާ ގޯޅި އާއި ހަމައަށް އޮތްބައި. ހުޅަނގުން އިރަށް. ދުއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.

މީގެ ކުރިންވެސް މާލޭގެ މަގުމަތީގައި މީހުންނާއި ދުއްވާ ތަކެތި ގިނަވެ، ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ވަނީ މާލޭގެ ގިނަ މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފަ އެވެ.

މާލޭގެ އިތުރު ދެ މަގެއް އެއްކޮޅަށް ދުއްވާ މަގުތަކެއްގެ ގޮތުގައި މިއަދު ހަމަޖައްސާފައިވާއިރު، އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 17:00 ން ފެށިގެން ރޭގަނޑު 8:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމުން ނުކުމެ އުޅުން ހުއްޓާލުމަށް އަންގާފައިވާ އެންގުން ބާތިލްކޮށް މަގުމަތީ އުޅުން ހުއްދަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދު ނިންމައިފަ އެވެ.

އެގޮތުން އެ ކާފިއު އުވާލާފައިވާ ކަމަށާއި އެހެން ނަމަވެސް ތިން މީހުންނަށް ވުރެ ގިނައިން މަގުތަކަށް ނުނިކުތުމަށް އަންގާފައިވާ އެންގުން ދެމި އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.