English Edition
Dhivehi Edition

ސަޕޯޓަރުން ހިތްހަމަޖައްސައި ދިނުމަށްޓަކައި ‘ފޭކު’ ހިނިތުންވުމެއް ނުދައްކާނެކަމަށް ޝަހީރު ޝެއިހް ބުނެފިއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑްރާމާ ‘ކުޗް ރަންގް ޕޔާރު ކީ އެއިސާބީ’ގެ ބަތަލު ޝަހީރު ޝެއިހް(ދޭވް) ބުނެފައިވަނީ އޭނާއަކީވެސް އިންސާނެއްކަމުގައެވެ. އަދި އެހެން އިންސާނުންނެކޭ އެއްފަދައިން އުފާވާ ވަގުތު އުފާވެރި މޫނު ދެއްކުމާއި ހިތްހަމަނުޖެހޭ ވަގުތު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. “އަހަރެންނަކީ ތަރިއެއްކަމުގައިވިޔަސް އަހަރެންގެ އިހްސާސްތައް ފާޅުކުކުރުމުގެ ހައްގު އަހަންނަށްވެސް ލިބިގެންވޭ. އަހަރެން ތަރިއަކަށްވިޔަސް ހުރިހާ ވަގުތަކު އެންމެންނަށް ރަގަޅުވާކަށް ނުޖެހޭ. އަހަރެން އެއްވެސް މީހަކަށް ‘ފޭކު’ ހިނިތުންވުމެއް ދޭކަށް ބޭނުމެއް ނޫން. އަހަރެން ގަޔާ ނުވަންޏާ އަހަރެން ފާޅުގައި އެކަން ހާމަކުރާނަން.” ޝަހީރު ބުނެފައިވެއެވެ.

ކުޗް ރަންގް ކުޅެން ފެށިއިރު އެ ޑްރާމާއާއި މެދު އެހާ ހިތްހަމަނުޖެހުނު ނަމަވެސް މިހާރު ޑްރާމާއާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމުގައި ޝަހީރުވަނީ ބުނެފައެވެ. އަދި މިޑްރާމާގެ ސަބަބުން އޭނާއަށް ދިރިއުޅުމުގެ ވަރަށް ގިނަކަންތައްތައް ދަސްވެއްޖެކަމުގައި ޝަހީރުވަނީ ބުނެފައެވެ. “އަހަރެން މި ޑްރާމާއިން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހަގީގީ ދިރިއުޅުމުގަ ހިފާނަން.ދޭވް ގެ ބަޔަށް ބެލުންތެރިން ދިން ތަރުހީބަށް ޝުކުރުވެރިވަން. އަހަރެންވަނީ ޑްރާމާގައި އަހަރެންގެ ސަތޭކަ ފަސެންޓް ދީފަ. “ޝަހީރު ބުނެފައިވެއެވެ.