English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ޝަހީރް ޝެއިހް ގެ ބައްޕަ، ކޮވިޑް ބަލީގައި މަރުވެއްޖެއެވެ.

އިންޑިއާގައި ކޮވިޑް19 ގެ ތިންވަނަ ރާޅާއެކު ގިނަ ބަޔަކަށް ބަލިޖެހި، މަރުވަމުން އަންނައިރު، އިއްޔެ ޝަހީރް ކުރި ޓުވިޓެއްގައިވަނީ އޭނާ ބައްޕައަށް ކޮވީޑް ޖެހި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ބުނެފައެވެ. އަދި ޝަހީރް ވަނީ އޭނާ ބައްޕައަށް ހެޔޮ ދުޢާ ކޮށްދިނުމަށްވެސް އެދިފައެވެ.

މިއަދުގެ ވަގުތެއްގައި ޝަހީރްގެ ބައްޕަ މަރުވިކަން އިއުލާންކޮށްފައިވަނީ މަޝްހޫރު ތަރި އަލީ ގޯނީއެވެ. އަލީ ކުރި ޓުވިޓެއްގައި ވަނީ މާތްﷲ މަރްހޫމުގެ ފުރާނައަށް ހެޔޮ ރަހްމަތްލެއްވުން އެދި ދުއާކޮށް ޝަހީރް އަށް ކެތްތެރިވުމަށް، ހިތްވަރުދީފައެވެ.

އިންޑިއާގައި ކޮވިޑް19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އިއްޔެ އެކަނިވެސް އެ ގައުމުން ވަނީ 317،532 މީހުން ޕޮޒިޓިވްވެފައެވެ. އެ ގައުމުގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ 38,218,773 އަށް އަރާފައިވާއިރު 487,719 މީހުން ވަނީ ކޮވީޑް19 ގައި މަރުވެފައެވެ.