English Edition
Dhivehi Edition

 

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާގައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓްރީން މިއަދު ޢާއްމު ކޮށްފައިވާ ގޮތުގައި އެޤައުމުގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ ތެރޭގައި 416 ބިދޭސީން ހިމެނޭއިރު އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައި ވެއެވެ.

ކޮވިޑް 19 ގައި މެލޭޝިޔާއިން މިހާތަނަށް 4,228 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 67 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.