English Edition
Dhivehi Edition

ލިޔުނީ: އާމިނަތު ޖަނާ ޖިހާދު/

ހިތަދޫ ސްކޫލުގެ 5 ވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުން 1 ވަނަ ޖަމާލުއްދީން ހައުސް ހޯދައިފިއެވެ.

ނިމިގެންދިޔަ ހަފްތާ ބަންދުގައި، ހިތަދޫ ޓްރެކް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުން ދެވަނަ ހޯދާފައިވަނީ ދެވަނަ ހައުސް އަކަށް ބަރުބަރީ ހައުސް ހޮވިފައިވާއިރު ތިންވަނަ ހާސިލް ކޮށްފައިވަނީ އަމީރުލް އަމީން ހައުސްއެވެ.

ގާތްގަނޑަކަށް 150 ދަރިވަރުން ބައިވެރިވި މި މުބާރާތުން އެންމެ މޮޅު 10 ފެތުންތެރިން ވަނީ ހޮވާފައެވެ. އަދި ކޮންމެ އިވެންޓަކުންވެސް އެންމެ މޮޅު 3 ފެތުންތެރިން ހޮވާފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނާ މުޙާތަބް ކުރައްވަމުން ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ އާސިޔަތު މުޙައްމަދު ދީދީ ވިދާޅު ވެފައިވަނީ ހުރިހާ ކުދީންވެސް ވަނީ މުބާރާތުގެ ވާދަވެރިކަން ވަރަށް ފުރިހަމަ ގޮތެއްގައި ދައްކުވާފައިކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ސްކޫލުގެ ނަން ރީތި ކޮށް ދިނުމަކީ މިސްގެ ވަރަށް ބޮޑު އުންމީދެއްކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.