English Edition
Dhivehi Edition
ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލު ސީރިއަސްވެ އިންޓެންސިވް ކެއާ ޔުނިޓަށް ބަދަލުކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

މިދިޔަ މާޗް 26 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޑައުނިންގ ސްޓްރީޓްގައި އެކަހެރިވެވަޑައިގެން އުޅުއްވާތާ 10 ދުވަސް ވީއިރުވެސް ހުންތިރިނުވާތީ ބޮޑުވަޒީރު،ލަންޑަންގެ ސެން ތޯމަސް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެގެ ވަގުތެއްގައެވެ.

ޢުމުރުފުޅުން 55 އަހަރުގެ އަކީ ބޮރިސްޖޯންސަން އަކީ އިނގިރޭސި ވިލާތުގެ ސިޔާސީ ލީޑަރެއްގެ އިތުރުން ލިއުންތެރިކަމާއި ނޫސްވެރިކަމުގެ ރޮނގުން އެ ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. 2019 އިން ފެށިގެން އޭނާއަކީ ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ އިތުރުން އެޤައުމުގެ ބޮޑުވަޒީރުވެސް މެއެވެ. އޭނާވަނީ 2016 އިން 2018 އަށް ފޮރިން ސެކްރެޓަރީއެއްގެ އިތުރުން ލަންޑަންގެ މޭޔަރ ކަން ވެސް ކުރައްވާފައެވެ.

ކޮވިޑް 19 ގައި އިނގިރޭސިވިލާތުގެ 51608 މީހުން ފަރުވާ ހޯދަމުން އަންނަ އިރު މިހާތަނަށް އެޤައުމުން 5373 މީހުންވަނީ މިބަލީގައި މަރުވެފައެވެ.