English Edition
Dhivehi Edition

އުމުރުން ދުވަސްވީ މީހުންނަށް އެޕޮއިންޓްމަންޓާއި ނުލައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އައިޖީއެމް ހޮސްޕިޓަލުން ހަމަޖައްސައި ދީފިއެވެ.

ނޭޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް މިހާރު ހުޅުވާފައިވާކަމަށާއި އުމުރުން ދުވަސްވީ މީހުންގެ އާންމު ބަލިތަކަށް މިކުލިނިކުން ފަރުވާދޭނެކަމަށެވެ. މިތަން ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައެވެ. މިތަނުން އޯޕީޑީގެ ޚިދުމަތް ލިބެމުންދާނީ ހެނދުނު ނުވައަކުން މެންދުރު 1 ޖަހަންދެން ކަމަށާއި އެޕޮއިންޓްމަންޓެއް ނަހަދާ ޚިދުމަތް ހޯދޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިއީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހުޅުވި ކުލިނިކެއް ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި އާންމުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންކަމަށެވެ.