English Edition
Dhivehi Edition
ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

ޕްލޭނިން މިނިސްޓްރީއަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް އީމެއިލް ނުވަތަ އީގަވަނެންސް މެދުވެރިކޮށް ފޮނުވުމަށް އެ މިނިސްޓްރީން އެދިއްޖެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެހެން ގޮތެއް ކަނޑައެޅެންދެން ސަރުކާރު ބަންދުކުރުމަށް ނިންމަވާފައިވާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ރިޢާޔަތް ކޮށް ސަރުކާރު ހުޅުވެންދެން މިނިސްޓްރީން ވަކި ގޮތަކަށް ހުށަހަޅަން އަންގާފައިވާ ލިޔެކިއުން ފިޔަވައި އެމިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކާއި ފޯމުތަކާއި އިތުރު ހުށަހެޅުންތައް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުމަށް އަންގާކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީއަށް ހުށަހަޅުއްވާ ލިޔެ ކިއުންތަކުގެ ދެލިކޮޕީ ހުށަހަޅަން ޖެހޭ ހާލަތެއް އައިސްފިނަމަ ރައްކާތެރި ކަމާއެކު އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައި އެވާ ނަމޫނާ ސްލިޕް،ފުރިހަމަ ކުރުމަށްފަހު ސިޓީއުރާގައި ތަތްކޮށް އެމިނިސްޓްރީގެ މައިދޮރާށި ކައިރީ ބަހައްޓާފައި ހުރި “ޑްރޮޕް ބޮކްސް” އަށް ލުމަށް އެދިފައިވެއެވެ . ލިއެކިއުންތައް ޑްރޮޕްބޮކްސްއަށް ލެއްވިއަސް މެއިލްގެ ޒަރީޢާއިންވެސް ފޮނުވައިދެއްވުމަށް އިޢުލާނުގައި އެދިފައިވެއެވެ.

ޑްރޮޕްބޮކްސްއަށް ލާއިރު ފުރިހަމަކުރަންޖެހޭ ސްލިޕްގެ ނަމޫނާއެއް

އެމިނިސްޓްރީގެ”ޑްރޮޕް ބޮކްސް” އަށް ތަކެތި ލެވޭނީ ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 10:00 އިން 12:00 އަށެވެ. އަދި “ޑްރޮޕް ބޮކްސް” އަށް ތަކެތި ހުށަހަޅާ ސްލިޕް އެމިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. “ޑްރޮޕް ބޮކްސް” އަށް ލާ ލިޔެކިޔުންތައް ބަލައިގަތްކަމުގެ ސްލިޕް ފަސްދުވަހުގެތެރޭ އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.