English Edition
Dhivehi Edition
ފޮޓޯ:ސޯޝަލް މީޑިއާ

މާޗު 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫއަށް އަރައިި އާންމުންގެ މުދަލަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އެޕްރީލް 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.އިއްޔެ ހިތަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެމީހުންނާއި 22 އަހަރުގެ މީހެކެވެ.

މަރަދޫ ފިހަރާއަކާއި ދެ ގެއެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހިންނެވެ. މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.