English Edition
Dhivehi Edition
ބަލިނުޖެހޭ އާދައިގެ ބުޅަލެއް/ފޮޓޯ އިންޓަނެޓް

ހޮންކޮންގެ ގެއެއްގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ބުޅާ ޕޮޒިޓިވް ވި ކަން އެނގުނީ ބުޅަލުގެ ވެރިޔާ މިބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކުރި ޓެސްޓް ތަކަކުންނެވެ.

ހޮންގްކޮންގ ގެ ސިޓީ އެގްރިކަލްޗަރަލް ޑިޕާޓްމަންޓުން ވަނީ ބުޅާ ޕޮޒިޓިވް ވިކަން އެނގުނު އިރު ބޭރުފުށުން ބަލީގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށާއި އެހެން ކަމުން މިއީ ވަރަށް ފަރުވާތެރިވާންޖެހޭ ކަމެއް ކަމަށް ބުނެފައެވެ.

ޓެސްޓްތަކެއް ހެދުމަށް ބާއްވާފައި އޮތް ބުޅަލެއް

އަންގާރަ ދުވަހު އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ބަލި ފެތުރުމުގެ އަސްލަކީ ބުޅާ ކަމަށް މިހާތަނަށް އެއްވެސް ގޮތަކަށް ހޯދިފައި ނުވާ ކަމަށާއި އެހެން ކަމުން މިއީ އޮޅުކޮށްގެން ގެންގުޅޭ އެފަދަ ޖަނަވާރު ނައްތާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވެސް ވަނީ މިފަދަ ޖަނަވާރުތަކުން ކޮވިޑް 19 ފެތުރޭކަން އެނގޭނެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށް ބުނެފައެވެ.

މިއީ ހޮންގކޮންގ އިން ކޮވިޑް 19އަށް ޕޮޒިޓިވްވި 3 ވަނަ ޖަނަވާރެވެ. މީގެ ކުރިންވަނީ 2 ކުއްތާއެއް މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކަމާބެހޭ އިދާރާތަކުންވަނީ ޕޮޒިޓިވްވި ބުޅާ އިތުރަށް ޓެސްޓުކޮށް މޮނިޓަރ ކުރަމުން އަންނަ ކަމަށް ބުނެފައެވެ. މިބުޅާ މިހާރުވަނީ ކަރަންޓީން ކޮށްފައެވެ. ބެލްޖިއަމް އިން ވެސް ބުޅަލެއް ކޮވިޑް 19އަށް ޕޮޒިޓިވް ވި ކަމުގެ ރިޕޯޓްތައް މީގެ ކުރިންވަނީ ލިބިފައެވެ.