English Edition
Dhivehi Edition

ޙާލުބޮޑު ބަލިމީހުންނަށް އައިސީޔޫއިން ބޭރުގައި ފަރުވާ ދެވޭ ގޮތަށް ނޭވާލުމަށް އެހީވާ މެޝިނެއް އުފައްދައިފިއެވެ. އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ އިންޖިނިއަރުންދަނީ ޔޫސީއެލްއެޗް އާއި މާސިޑީސް ފޯމިއުލަރ 1 ގުޅިގެން ވެންޓިލޭޓަރ ބޭނުން ނުކޮށް ފުއްޕާމެއަށް އޮކްސިޖަން ފޯރުކޮށްދޭ ޑިވައިސްއެއް ތަޢާރަފްކޮށްފައެވެ.

ބަލިމީހުންނަށް ސީޕީއޭއާރ ދިނުމަށް ބޭނުން ކުރަނީ ވެންޓިލޭޓަރ ކަމަށްވިޔަސް ކޮވިޑް 19 އާއިއެކު ދުނިޔޭގެ ބޮޑެތި ހުރިހާ ޤައުމު ތަކުގެ ހޮސްޕިޓަލްތައް ފުރިބާރުވެފައިވާ މިދަނޑިވަޅުގައި ހުރިހާ ތަނެއްގައިވެސް ވެންޓިލޭޓަރ ގެ ދަތިކަން ކުރިމަތިވެފައި ވެއެވެ.

މިއީ ބަލިމީހުންގެ ދިރިހުރުމާއި މަރާއި ގުޅުން ހުރި ކަމަކަށް ވެފައި އެންމެންވެސް ދަނީ ވެންޓިލޭޓަރ އިތުރަށް އުފެއްދުމާއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ލަންޑަންގައި އުފައްދާ އާ މެޝިންގެ 40 އެތި މިވަނީ ޔޫއެލްސީއެޗް އަށާއި އިތުރު 3 ހޮސްޕިޓަލަކަށް ފޮނުވާފައެވެ. އަޖްމަ ބެލުމުގެ ގޮތުން ފޮނުވި މިތަކެތީގެ ބޭނުން ހިފިއްޖެނަމަ މިފަދަ 1000 ސީޕީއާރް މެޝިން މާސިޑީސްއިން ކޮންމެ ދުވަހަކު އުފައްދާ ބާޒާރަށް ނެރޭނެ ކަމަށްވަނީ ބުނެފައެވެ.

މިމެޝިން މިހާރުވަނީ އެޤައުމުގެ ސިއްޙަތާއި ގުޅޭ އުފެއްދުންތައް ރެގިއުލޭޓް ކުރާ އޭޖެންސީއެއްކަމަށްވާ އެމްއެޗްއާރްއޭ އިން ރައްކާތެރި ޑިވައިސް އެއްގެ ގޮތުގައި އެޕްރޫވް ވެސް ކޮށްފައެވެ.

މިއާއީޖާދު އުފެއްދި ދެ މޭސްތިރިން

ސީޕީއޭޕީ މެޝިން ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ބޭނުން ކުރެއެވެ. އެގޮތުން ޗައިނާއާއި އިޓަލީގައި ކޮވިޑް 19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް މި ޑިވައިސް ބޭނުން ކުރެއެވެ.

މިއީ އެތައް އަހަރެއްގެ މަސައްކަތުން އީޖާދު ކުރެވޭ އެއްޗަކަށް ވެފައި މިހާ އަވަހަށް މި މެޝިން ވުޖޫދަށް ގެނެވުނީ ކުރީގެ އުފެއްދުމެއްގެ ޕެޓެންޓް ކޮޕީކޮށް ފަހުގެ ޓެކްނޮލޮޖީ ހިމަނައިގެން އާއީޖާދަކަށް ބަދަލުކޮށްގެން ކަމަށް އިންޖިނިއަރުން ބުނެފައިވެއެވެ.