English Edition
Dhivehi Edition

އެމެރިކާގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުން ފަރުވާ ނުދީ މަރުވާން ދޫކޮށްލާ ގޮތަށް އެގައުމުގައި އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ ސިޓީތަކުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެ ފަރުވާ ދިނުމަށް ދަތިވެ އަދި ހުރިހާ މީހުންނަށް ބޭނުންވާ ވަރަށް މެޑިކަލް ސަޕްލައި ނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަރުވާ ނުދީ މަރުވާން ދޫކޮށްލަނީ ޑައުންސިންޑްރޮމް އާއި އޯޓިޒަމް އަދި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް ޔޫއެސް ގައި ނެރެފައިވާ އައު ގައިޑްލައިންގައި ވަނީ ބުނެފައެވެ.

Advt

Advertisement

މި ގައިޑްލައިންގައި ވަނީ ވައިރަސް ޖެހޭ މީހުންގެ ތެރެއިން ފަރުވާ ދިނުމުގައި އެންމެ އިސްކަން ދޭންޖެހޭ ތަރުތީބުވެސް ބަޔާންކޮށްފައެވެ. އެމެރިކާގެ ވޮޝިންގޓަންގައި ނެރެފައިވާ ގައިޑްލައިންގައި ބުނެފައިވަނީ މިވަގުތު ލިބެން ހުރި ސާމާނު ބޭނުންކޮށްގެން ފަރުވާ ދިނުމުގައި އިސްކަންދޭން ޖެހެނީ ކޮންބައެއްކަން ވަރަށް ރަނގަޅަށް ފާހަގަކޮށް އެކަން ޑޮކްޓަރުންނަށް ވެސް އަންގާފައެވެ.

މިކަމާގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމު ހިންގާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑިސްއެބިލިޓީ އެޑްވޮކޭސީ ގުރޫޕްތަކުން މިހާރުވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާރވިސް (އެޗްއެޗްއެސް) އަށް މިކަމާ ގުޅިގެން މައްސަލަ ހުށަހަޅައި ގައިޑްލައިން އާއި ބެހޭ އިތުރު ތަފްސީލް ބޭނުންކަމަށް އެދި ހުށަހަޅާފައެވެ.

“ނުކުޅެދުންތެރިކަން ހުންނަ މީހުން މިގޮތަށް ތަފާތު ކޮށްގެންނުވާނެ. ޚާއްޞަކޮށް މިފަދަ ޚާއްޞަ އިމަޖެންސީއެއްގައި އެމީހުންގެ ރައްކާތެރިކަން އޮތީ ކިހާމިންވަރަކަށް ކަން އެނގެން ބޭނުން” ޚާއްޞަ އެހީތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދޭ ޖަމިއްޔާ ތަކުން ބުނެފައިވެއެވެ.

އެމެރިކާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގާތްގަނޑަކަށް 7 މިލިއަން މީހުން ތިބި އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ އާއިލާއާއެކު ދިރިއުޅެމުން އަންނަ ބަޔަކަށް ވުމުން ބަލި ޖެހުމުގެ ރިސްކު އެމީހުންނަށް ބޮޑުކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.

އެމެރިކާގައި މިހާތަނަށް 123,776 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު 2,229 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ސޯސް: www.mirror.co.uk

 

2 ކޮމެންޓް
ސިނޯ
އޭޕްރީލް 6, 2020
ބޮޑު ސިންގާ ބޭއިންސާފެއް. މަޖުބޫރީ ހާލަތުގައި އެހެން ގޮތަކަށް ވަކިކުރެވޭނެ ގޮތެއް އެމެރިކާ ސަރުކާރަށް ލަފަދޭން ބޭނުން. އެއްވެސް މީހަކު މަރުވާން ދޫކޮށްލާނެ ކަމެއްނެތް. ފަރުވާދޭނެ ކިއު ތަރުތީބެއް، އެކި ދަރަޖައިގެ ބަލި މީހުންނަށް އެކި ކިއު ހަމަޖެއްސުން. ކޮންމެ ކިއުއެއްގައިވެސް އެތކެއް ހާސް މީހުން ތިބެދާނެ. ފަރުވާ ދެވޭނީ ނުވަތަ މީހުންނާ އަޅާލެވޭނީ ވެވެން އޮތް މިންވަރަކުން. މިއީ މިހާރުވެސް ހުރި އިންތިޒާމުތައް. "މަރުވާން ދޫކޮށްލާ މީހުން" މިގޮތަށް ލެބެލް ކޮށްގެން ނުވާނެ. ވިސްނައިގެންވެސް ނުވާނެ. ލެބެލްކުރެވޭނީ މަރުވީމަ. ދެން އޮންނާނީ ޖަނާޒާ. މިކަންކަން ޓްރަމްޕަށް އަންގަވާ.
ައަފިރިން
މާޗް 29, 2020
ދުނިޔޭގެ އެއްމެ ބޮނޑާވެގެން ހިގާމީހުން، އިންސާނީ ހައްޤުތަކާއި ބެހޭވާހަކަ ދައްކާމީހުން، މިޖެހެނީ ކޮންތާކި؟