English Edition
Dhivehi Edition
ތާޖް އެގްޒޯޓިކާ ރިސޯޓް

ތާޖް އެގްޒޯޓިކާ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ ގައިން ކޯރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހާ މިހާރު އައިސޮލޭޝަންގައި ބަހައްޓާފައިވާއިރު ތާޖް އެގްޒޯޓިކާ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ،

މިމީހާގެ އިތުރަށް ރެޒިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓުން ދެ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ދެމީހުން މިހާރުވަނީ ހޯމް އައިސޮލޭޝަންގައެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން ރެޒިޓެންސް މޯލްޑިވްސް ދިގުރަށްވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހަށް ޖުމްލަ 16 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެ އެވެ. މިމީހުންގެ ތެރެއިން 9 މީހަކު ވަނީ ބަލިން ރަނގަޅު ވެފަ އެވެ.