Sihhathaa behey task force thakun HPA ge irushaadhu thakah boalenbumah ilthimaas koffi - AO News Sihhathaa behey task force thakun HPA ge irushaadhu thakah boalenbumah ilthimaas koffi

ކޮވިޑް 19ކަވަރޭޖް

1,431,951CONFIRMED
302,209RECOVERED
1,047,657ACTIVE
82,085DEATHS
19CONFIRMED
13RECOVERED
6ACTIVE
0DEATHS
ސިއްހަތާ ބެހޭ ޓާސްކު ފޯސްތަކުން އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފި
2 ހަފްތާ ކުރިން

އެކި ސަރަހައްދުތަކުގައި ގާއިމު ކޮށްފައިވާ ސިއްހަތާ ބެހޭ ޓާސްކު ފޯސްތަކުން އެޗްޕީއޭގެ އެންގުން ތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

Advt

Advertisement

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިރޭ ކޮށްފައިވާ ޓުވީޓެއްގައި މިގޮތަށް އިލްތިމާސްކޮށްފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ، އައްޑޫސިޓީކައުންސިލުން އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ/ ރެސްޓޯރެންޓްތައް ވަކި ގަޑިތަކެއްގައި ހުޅުވުމަށް ހެދި ގަވާއިދާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭން ބުނީ، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައި ނުވާނެ ކަމަށެވެ. އަދި ގްރޭޓާ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ދިނުން ހުއްޓާލާން އެއްވެސް ސިފައެއްގައި އެ އެޖެންސީީން އަންގާފައި ނުވާނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން މިހެން ބުނެފައިވަނީ، އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިނގާ ގަދިތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިން ހިތް ހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށެވެ.

އައްޑޫ ސިޓީ ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ އެޗްޕީއޭއާ މަޝްވަރާނުކޮށް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކުރަން ނިންމީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ މިއަދު ވިދާޅުވެފައެވެ. ސޯބެ ވިދާޅުވެފައިވަނީ އައްޑޫގެ ވިޔަފާރިކުރާ ތަންތަން ހަވީރު 6:00 އިން ބަންދުކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް އާއި މަޝްވަރާކުރުމަށްފަހު އައްޑޫ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމުމުން ކަމަށެވެ.