Viyafaari bandhu kuran ninmee DG of public health aai mashvaraa kurumah fahun - AO News Viyafaari bandhu kuran ninmee DG of public health aai mashvaraa kurumah fahun

ކޮވިޑް 19ކަވަރޭޖް

1,431,951CONFIRMED
302,209RECOVERED
1,047,657ACTIVE
82,085DEATHS
19CONFIRMED
13RECOVERED
6ACTIVE
0DEATHS
ވިޔަފާރި ބަންދުކުރަން ނިންމީ ޑީޖީ އޮފް ހެލްތު އާއި މަޝްވަރާކުރުމަށްފަހު
2 ހަފްތާ ކުރިން

އައްޑޫ ސިޓީގެ ވިޔަފާރިކުރާ ތަންތަން 18:00 ގެ ފަހުން ބަންދުކުރަން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް (ޑީޖީއޮފް ހެލްތު އާއި އެކު މަޝްވަރާކުރުމަށްފަހު، އައްޑޫ ކޮވިޑް ޓާސްކްފޯސް އިންވެސް ނިންމައިގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) ވިދާޅުވެއްޖެއެވެ.

Advt

Advertisement

ސޯބެ މިހެން ވިދާޅުވީ، އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ، އަދި ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރަން އައްޑޫސިޓީގެ ކައުންސިލުން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެނގިގެން ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވުމާއި ގުޅިގެން މަބްރޫކް ޓެގްކޮށް ކުރެއްވި ޓުވިޓެއްގައެެވެ. މީގެ އިތުރުން ސޯބެގެ ޓުވިޓްގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ގަވައިދުން ފިޔަވަޅު އަޅާނެކަމަށެވެ.

އައްޑޫ ސިޓީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު ކައުންސިލުންވަނީ މިއަދު ހަވީރު 6:00 ގެ ފަހުން އައްޑޫގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓަތަކުން ހިދުމަތްތައް ދެވޭނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށް އިއުލާންކޮށްފައެވެ.އަދި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށް ދޭން ބޭނުންވާ ނަމަ، އަވަށު އޮފީސްތަކުން ހުއްދަ ހޯދުމަށް ފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވިދާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ.