English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫފޭދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: މިފްޒާލް

އައްޑޫ ސިޓީގައި ޢާންމު ވިޔަފާރީގެ ޚިދުމަތް ދިނުން މަނާކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މިންވަރު ދިވެހިރާއްޖޭގައި ވެސް އިތުރުވަމުން ދިއުމާއި ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ) އަދި (ޗ) އާއި ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަދި (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 އެޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން ޢާންމު ވިޔަފާރީގެ ޚިދުމަތްތައް ދިނުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ވަގުތުން ފެށިގެން ޢާންމު ވިޔަފާރިތަކުން ދެވޭ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތް ކަމަށާއި، އަދި ވިޔަފާރިތަކުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެރަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކުރެއްވުމުން އެފަރާތްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ބުނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އިއްޔެ 18:00 އިން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ އައްޑޫގެ އެއްރަށުން އަނެއް ރަށަށް އެއްގަމާއި ކަނޑު މަގުން ދަތުރުކުރުންވެސް މަނާކޮށްފަ އެވެ.

1 ކޮމެންޓް
މޫސާ
އޭޕްރީލް 18, 2020
އައްޑޫ މީހުން ހައުދަހައި ކަންތައް ތެބެހިއް ދީ