English Edition
Dhivehi Edition
2019 އައްޑޫގައި ބޭއްވި ޢުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތުގެ ތެރެއިން/ފޮޓޯއޭއޯނިއުސް

ރާއްޖޭގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ މަޢުލޫމާތު ހޯދަން ޖެންޑާ މިނިސްޓްރީއިން އެދިއްޖެއެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަންމުޅި ދުނިޔެއަށް ފެތުރި އެތައް ބަޔަކު މިބަލީގައި ފަނާވަމުންދާ މި ދަނޑިވަޅާއި ދިމާކޮށް ރާއްޖޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށާފައިވާއިރު މިމަސައްކަތުގެ ދަށުން

Advt

Advertisement

އެ މިނިސްޓްރީން ވަނީ 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އޮންލައިންކޮށް ފޮނުވާލެވޭ ގޫގުލް ފޯމެއް ފުރުމަށް ޢާއްމުންނަށް ހުޅުވާލައިފަ އެވެ.

އެ ފޯމުގައި އެމީހަކު މިހާރު ދިރިއުޅޭ އެޑްރެހާއި،ދާއިމީ އެޑްރެހާއި ގުޅޭނެ ފޯނު ނަމްބަރާއި، ދިރިއުޅުމުގެ ޙާލަތާއި، އެއްވެސް ކަހަލަ ބައްޔެއް ހުންނަ ނަމަ އެ މައުލޫމާތާއި އެމީހަކު ބެލެހެއްޓުމާއި ޙަވާލުވެ ހުރި ފަރާތެއްގެ މަޢުލޫމާތު ޙިއްސާކުރަން އެދިފައިވެ އެވެ.

ދުނިޔޭގައި ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިރު މިހާތަނަށް ހޯދި ހޯދުންތަކުން ޢުމުރުން ދުވަސްވީ މީހުންނާއި ސިއްޙީ މައްސަލަތައް ހުންނަ ފަރާތްތަކަށް މިބަލީގައި ބޮޑުވަރުވާކަން ވަނީ އެނގިފައެވެ. ރާއްޖޭގައި އަދި ދިވެއްސަކަށް މިބަލި ޖެހިފައިވާ ކަން ހޯދިފައި ނެތްނަމަވެސް 13 ފަތުރު ވެރިއަކު މިބައްޔަށް ޕޮޒިޓިވް ވުމާގުޅިގެން ރާއްޖެއިންދަނީ ހަރުކަށި ފިޔަވަޅުތަކެއް ގާއިމް ކުރަމުންނެވެ. އަދި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފަސޭހައިން ފެތުރޭ މި ނުރައްކާތެރި ބަލި ރާއްޖެއަށްވެސް ފެތުރިދާނެ ކަމަށްބަލާ އެކަމަށް ތައްޔާރުވުމުގެ ގޮތުން ހަރުދަނާ ޤަވާއިދުތަކެއް ދަނީ ތަންފީޒު ކުރަމުން ނެވެ.