English Edition
Dhivehi Edition

މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް 19 އަށްޔޫއޭއީގައި ހުރި ދިވެއްސަކު ޕޮޒިޓިވް ވެއްޖެ އެވެ.

ރާއްޖޭގެ ސަމާލުކަމަށް މިކަން އައީ ދުބާއީގައި ނެރޭ ނޫހެއްކަމަށްވާ ޚަލީޖްޓައިމްސް ގައި ޔޫއޭއީ އިން އަލަށް 50 މީހުންނަށް މިބަލި ޖެހުނުކަމަށް މިރޭ ލިޔެފައިވާ ޚަބަރުގައި އެ 50 މީހުންގެ ތެރޭ ދިވެއްސަކު ހިމެނޭ ކަމަށް ބުނެފައި އޮތުމުންނެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން ބުނެފައިވަނީ އެގައުމުން މިއަދު ކޮވިޑް 19 ބަލީގެ އިތުރު 50 ކޭސް ފެނިފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކުލޯޒް ކޮންޓެކްޓް ވެފައިވާ މީހުންނާއި އެގައުމުން ބޭރުން އައިސްފައިވާ މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސެއްގެ އިތުރުން ދެން ހިމެނެނީ ލަންކާ، އިނގިރޭސިވިލާތް، ސައުދި އަރަބިއާ، ޔަމަން، ޓިއުނީޝިއާ، ސައުތް އެފްރިކާ، ބެލްޖިއަމް، ސައުތް ކޮރެއާ، ބަލްގޭރިއާ، ފްރާންސް، ޗެކް ރިޕަބްލިކް، އޮސްޓްރޭލިއާ، ލެބޮނަން، ކެންޔާ، ސުދާން، އިރާން އަޔަލެންޑް، މޮރޮކޯ، ޕާކިސްތާން އަދި ސުވިޑަންގެ މީހުންނެވެ. އެއިން ކޮންމެ ޤައުމަކުން އެކަކު ހިމެނޭ އިރު އޭގެއިތުރަށް އިޓަލީ، މިސްރު، ޔޫއޭއީ، ސްޕެއިން، ނެދަލެންޑްސް، ޖޯޑަން، ފިލިޕީންސް މިއިން ކޮންމެ ގައުމަކުން ދެ މީހުންނާއި އެމެރިކާ، ބަންގުލަދޭޝް، ފަލަސްތީނުން ތިން މީހުން އަދި އިންޑިއާ އިން ހަ މީހުންހިމެނޭ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި މިނިސްޓްރީ އޮފް ހެލްތުން ވަނީ ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ދާދި ދެންމެ އަކު ވަނީ ޔޫއޭއީ ގައި ހުންނަ ރާއްޖޭގެ އެމްބަސީން ޓުވީޓެއް ކޮށްފައެވެ. އެޓްވީޓުގައިވަނީ މިސްރު އަދި އެކުވެރި ޢަރަބި ޢިމާރާތުގައި ތިބި ދިވެހިން އިމެޖެންސީ ޙާލަތުގައި ގުޅާނެ ނަމްބަރ އަންގައި ދީފައެވެ. އޭގައިވާ ނަމްބަރަކީ +971501086689 އެވެ.

https://twitter.com/MDVinUAE/status/1242514329032949760