English Edition
Dhivehi Edition

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުން ދިޔަ އިތުރު ދެމީހަކު ބަލިން ރަނގަޅު ވެއްޖެ ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވަވަމުން ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، އެ ދެ މީހުން ބަލިން ރިކަވަރވުމުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ބަޔަކު ބަލިން ރަނގަޅުވުމަކީ ކޮވިޑް-19 ގެ އޮތް ރިސްކު ކުޑަވުން ނޫން ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުން ގޭގައި މަޑުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު މި ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.