English Edition
Dhivehi Edition

ގައުމީ އެއާލައިން މޯލިޑިވިއަންގެ ބޯޑް މެންބަރުންނާއި މެނޭޖްމަންޓްގެ މުސާރަ ކުޑަ ކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ އެ ނިންމުން ނިންމާފައިވަނީ މެނޭޖްމެންޓާއި ބޯޑް މެންބަރުން އެއްބަސްވެގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިއީ ކޮވިޑް019 އާއި ގުޅިގެން ޚަރަދުކުރުމުގެ ގޮތުން އެކުންފުނިން އެޅި ފިޔަވަޅެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން، މުސާރަ ނުހިނގާ ގޮތައް މުވައްޒަފަކު އަމިއްލައަށް ޗުއްޓީ ނަގަން ބޭނުންވާނަމަ އެފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަންގައި މަސައްކަތް ކުރާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންގެ ތެރެއިން، ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ކެންސަރާއި، ލޭމައްޗަށް ދިއުންފަދަ ބަލިތައް ތަޙައްމަލް ކުރަމުންދާ މުވައްޒަފުންގެ އިތުރުން މާބަނޑު މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތައް އެއް މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19ގެ އަސަރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތުން ހުރިހާ އިންތިހާބީ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ވަނީ 20 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އަދި ކެބިނެޓް މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ވެސް ވަނީ އެ އަދަދަށް ކުޑަކޮށްފަ އެވެ.

މީގެ އިތުރުން އާ ވަޒީފާތަކަށް މީހުން ނުނެގުމާއި މިވަގުތަށް ކެޕިޓަލް ހަރަދުތަކާއި މަރަމާތަށް ކުރާ ހަރަދުތައް މަޑުޖައްސާލައިގެން އެއް ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.