English Edition
Dhivehi Edition
އިޓަލީގެ ހޮސްޕިޓަލްގައި ކޮވިޑް19 ޖެހިފައިވާ ބަލިމީހުންނަށް ފަރުވަ ދެނީ

ކޮރޯނާވައިރަހަށް ފަރުވާ ހޯދަމުން އަންނަ ދުވަސްވީ ބަލިމީހުން މަރުމަތީގައި އާއިލާ މީހުންނާ ބައްދަލުކޮށް ދިނުމަށް އެދުމުންނާއި އެމީހުންގެ އެއިހުސާސްތައް ފެނުމުން ހިތް ކުދިކުދި ވާކަމަށް އިޓަލީގެ ޑޮކްޓަރުން ބުނެފިއެވެ.

އިޓަލީގެ މިލާންސް ސެން ކާލޯ ބޮރޮމިއޯ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ފްރެންސެސްކާ ކޯޓެލަރޯ ބުނީ މިބައްޔަށް ފަރުވާ ހޯދަމުން އަންނަ އުމުރުންދުވަސްވީ ބަލިމީހުން މަރުވުމުގެ ކުރިން އާއިލާއާ ބައްދަލުނުވާތީ އެވާހަކަ ދައްކައި އެކަނިތިބެ މަރުވާތަން ފެނުމުން ހިތަށް ވަރަށް ބޮޑަށް އަސަރުކުރާކަމަށެވެ. އަދި އެންމެ ދެރަވަނީ އެމީހުންނަށް އެމީހުން މަރުވަނީ ކަންޔަގީން ވުމާއެކު މާމަ ކާފަދަރިން ދެކިލާހިތުން ކުރާއާދޭސް ފެނިފައިކަމަށް ޑޮކްޓަރު ބުންޏެވެ.

އެމީހުން އެމަރުވަނީ އެކަނިތިބެ. އެއްވެސް އާއިލާމީހަކު ނުފެނޭ. އެކަކު މަރުވުމުގެ ކުރިން އާއިލާ ދެއްކުމަށް އެދުމުން ވީޑިއޯކޯލެއް ކޮށްދީފައިވާނެ އެކަމަކު ވީޑިއޯކޯލް ކުރުމާއެކު އެމާމަ އަށް އާއިލާ ނުފެންނަނީސް މަރުވީ. ޑޮކްޓަރު ވަރަށް އަސަރާ އެކު ބުނެފައިވެއެވެ.

ޑޮކްޓަރ ފްރެންސެސްކާ ކޯޓެލަރޯ ބުނީ، ކޮވިޑް19 އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލަށް ގެންނަ ބަލިމީހުންނަށް ވަރަށް ބޮޑަށް ނިއުމޯނިޔާގެ އަސަރު ކޮށްފައި ހުރުމުން ވަރަށް ގިނައިން އެމީހުންނަށް އޮކްސިޖަން ބޭނުންވާ ކަމަށާއި މިހާރުވެސް އިޓަލީގެ ހޮސްޕިޓަލްގެ އައިސީޔޫގައި އެތައްބަޔަކަށް ފަރުވާދެމުން ދާކަމަށެވެ.

ކޮވިޑް19 އާއިބެހޭގޮތުން ޑޮކްޓަރ ބުނެފައިވަނީ މިބަލީގައި އެގައުމުން އެންމެ ގިނައިން މަރުވަނީ ފިރިހެނުންކަން ފާހަގަ ކުރެވޭކަމަށެވެ. އަދި މިހެންދިމާވަނީ ފިރިހެނުންނަށް ވުރެ އަންހެނުންގެ ދިފާއީ ނިޒާމު ވަރުގަދަވުމުން ކަމަށް ލަފާކުރެވޭ ކަމަށް ޑޮކްޓަރު ބުންޏެވެ. އެހެންނަމަވެސް ޗައިނާގެ ޑޮކްޓަރުން ބުނަނީ ފިރިހެނުންނަށް މިބަލި ގިނައިން ޖެހެނީ އެމީހުން ސިނގިރޭޓް ބޯތީކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮވިޑް19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިންނެވެ. ޗައިނާގައި މި ބަލި ކޮންޓްރޯލް ކުރެވެން ފެށިތަނާހެން ދުނިޔޭގެ އެހެނިހެން ގައުމުތަކުން ފެންނަންފެށިއެވެ. މިވަގުތު މިބަލި އެންމެ ބޮޑަށް ކޮންޓްރޯލް ނުވެ އިޓަލީގައި ފެތުރެމުން ދާއިރު އެގައުމުން މިހާތަނަށް 4023މީހަކު ވަނީ މަރުވެފައެވެ. މިއީ ޗައިނާއިން ކޮވިޑް 19 ޖެހިގެން މަރުވިމީހުންގެ އަދަދަށްވުރެ ބޮޑު އަދަދެކެވެ.

އިޓަލީގައި މިބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އެގައުމުން ވަނީ އެހެން ގައުމުތަކަށް އެހީއަށް އެދި އާދޭސްވެސް ކޮށްފައެވެ. މިހާތަނަށް އެގައުމަށް އެންމެ ބޮޑުއެހީއެއްވެދިން ގައުމަކީ މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއެވެ.

އިޓަަލީގައި 53000އަށް ވުރެ ގިނަ މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.