English Edition
Dhivehi Edition
ހުޅުމާލެ/ފޮޓޯ ސޯޝަލްމީޑިއާ

ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު މީހަކު މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 68 އަހަރުގެ ސިންގަޕޫރު ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ އުނިގަސް މަގުގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 8:02 ހާއިރު ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.