English Edition
Dhivehi Edition

ޗައިނާއިން މިއަދުވެސް ވައިރަސްގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެ އެވެ.

ޗައިނާއިން ފުރަތަމަ ފެނުނު ނުރައްކާތެރި ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި އެތައް ބަޔަކު ކޮންމެ ދުވަހަކު މަރުވަމުން ދާއިރު ޗައިނާގައި އިއްޔެ އާއި މިއަދު އަލަށް އެއްވެސް މީހަކަށް ވައިރަސް ނުޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑް-19 މިހާރު އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ޔޫރަޕާއި ނޯތް އެމެރިކާ ގެ ޤައުމުތަކުގަ އެވެ.

ޗައިނާގައި މިހާތަނަށް 80،967 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 3،248 މީހުން ވަނީ ވައިރަސް ޖެހިގެން އެ ޤައުމުގައި މަރުވެފަ އެވެ.

މުޅި ދުނިޔޭގައި 245،000 މީހުންނަށް މިހާތަނަށް ވައިރަސް ޖެހިފައިވާއިރު މިހާތަނަށް 10،000 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

އިނގިރޭސިވިލާތުގައި އެކަނިވެސް މިހާތަނަށް 3،269 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 144 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

ނޭވާލާ ނިޒާމު އެއްކޮށް ފެއިލްކޮށްލާ މި ވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ ކުރަމުންނެވެ.