English Edition
Dhivehi Edition
މަޑިސީލަ މައްސަލާގައި ޗެނަލް13 ގެ އިސްވެރިންހާޒިރުކޮށް ސުވާލުކުރަނީ/ފޮޓޯ ބްރޯޑްކޮމް

ޗެނަލް 13 އިން ދައްކާ މަޑިސީލަ ޕްރޮގްރާމް ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެސްޓޭޝަނަށް އަންގައިފިއެވެ.

މިގޮތަށް އެންގީ 19 މާރިޗް 2020ގެ 00:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމްގައި ދެއްކި ވާހަކާގައި ، ދިވެހި ދައުލަތުން ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވަނިކޮށް ކޮވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުންބެލި މައްސަލައަކަށްފަހުގައި ކަމަށް އެކޮމިޝަނުން ހާމަކުރައްވައެވެ. ރޭ މަޑިސީލަ ޕްރޮގްރާމްގައި ވަނީ ކޮވިޑް-19 އަށް ރާއްޖޭގައި 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށާއި އެ މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށްބުނެފައެވެ.

މިމައްސަލަ ބެއްލެވުމަށްފަހު ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ

މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ 4 ވަނަ ނަންބަރު އާ ޚިލާފުވާކަމެއް ކަމަށް ކަނޑައަޅައި، “ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް” ގެ 7 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ “މަޑިސީލަ” ޕްރޮގްރާމް، މިއަދުން ފެށިގެން ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށް ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

އަދި ރާއްޖޭގެ އާންމު ސިއްޙީ ނުރައްކަލުގެ މިޙާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މަޢުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ

ރޭ ކުރިއަށްދިޔަ މަޑިސީލަ ޕްރޮގްރާމްގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ކޮވިޑް 19 އާއި ގުޅޭ ގޮތުން ދެއްކެވި ޙަޤީޤަތާއި ޚިލާފު ވާހަކަތަކާއި ގުޅިގެންއެތައް ބަޔަކު ސޯޝަލް މީޑިއާގައިވަނީ އަޑުއުފުލައި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލާފައެވެ.

މިމައްސަލަ ބަލާފައިވަނީ “ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް” ގެ ދަށުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މާރޗް 12 ވަނަ ދުވަހު އެވެ. މިޙާލަތު އިޢުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. .

މަޑިސީލަ މައްސަލާގައި ޗެނަލް13 ގެ އިސްވެރިންހާޒިރުކޮށް ސުވާލުކުރަނީ/ފޮޓޯ ބްރޯޑްކޮމް

ކޮވިޑް-19އާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އާންމުންނަށް ސިއްރުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތް ކަމަށާއި ކޮންމެ ދުވަހަކު ދެ ގަޑީގައި ޕްރެސް ބާއްވައި އަދި އާންމުންނާއި ނޫސްވެރިންގެ ފޯންކޯލްތަކަށާއި މެސެޖުތަކަށް ވެސް ޖަވާބުދެއްވަމުން އަންނަނީ ކަމެއް ސިއްރުކުރަން ބޭނުންނުވާތީ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވަނީ ވިދާޅުވެފައެވެ. .

ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހުގެ 13 ކޭސް ފެނިފައިވާއިރު މި ބަލީގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން ސަރުކާރުން އަންނަނީ ކޮންމެ ދުވަހަކު ވެސް ދެ ފަހަރު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ..

ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެ އިން ކޮވިޑް 19 ގެ 13 މީހަކު ފެނިފައިވާއިރު، އެ ހާސްކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަގުތުން ވަގުތަށް ސައްހަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން ކަމަށް ފުރަތަމަ ދުވަހު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ގޮތަކަށް އުނިކަމެއް ނުގެނައުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށާއި މިކަމާގުޅޭ އެއްވެސް މައުލޫމާތެއް ސިއްރުކުރަން އަންގައިފި ނަމަ ތަރުޖަމާނެއްގެ ހައިސިއްޔަތުން މައުލޫމާތު ދެއްވުމަށް ނުހުންނަވާނެ ކަމުގައި މަބްރޫކުވަނީ ވިދާޅުވެފައެވެ. .