English Edition
Dhivehi Edition
7 ފެބުރުވަރީ 2023: 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ - ފޮޓޯ: މަޖިލިސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިތުރު ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަނުކުރަނީ އެ ކޮމިޝަންގެ މެންބަރު، އަމްޖަދު ވަޙީދުގެ މެންބަރުކަމުގެ ދައުރު 15 މާރިޗު 2023ގެ ނިޔަލަށް ހަމަވާތީއެވެ.

ބްރޯޑްކޮމްއަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތައް

  1. އަލްއުސްތާޛް ޝިހާމް މުޙައްމަދު ވަޙީދު، ރސ.5143
  2. އަލްއުސްތާޛް ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  3. ޙުސައިން ޢަމްރު، ވ.ރޯޝަން
  4. ޝަފާ ޝަފީގް، ބިއްލޫރިވިލާ. ދ.މީދޫ

މި މަޤާމަށް ޢައްޔަނުކުރުމަށް ރައީސް ހުށަހެޅުއްވި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ.

ބްރޯޑްކޮމްގެ މެންބަރަކު އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަނަށް ޢައްޔަނުކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ތިން ބޭފުޅެއްގެ ނަން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ ހަ ބޭފުޅުންނެވެ. އެއީ މަރިޔަމް ވަހީދާއާއި އަމްޖަދު ވަހީދާއި ޢަލީ ޔޫސުފާއި އާމިނަތު އަމީނާއާއި މުޙައްމަދު ފަޒީން އަދި ޝިފްލާ އިބްރާހީމެވެ.