English Edition
Dhivehi Edition

ކޮރޯނާ ވައިރަސް ޖެހިގެން އިޓަލީގައި 3405 މީހުން މަރުވެ، ދުނިޔޭގައި އެންމެ ފުރަތަމަ އަދި އެންމެ ގިނައިން ކޮވިޑް 19 ޖެހިގެން މީހުން މަރުވެފައިވާ ޗައިނާ ފަހަނައަޅާ ހިނގައްޖެއެވެ.

ބުރާސްފަތި ދުވަހު އެޤައުމުގައި ވަނީ 475 މީހުން މަރުވެފައެވެ. މިއީ މިހާތަނަށް އެއްވެސް ޤައުމެއްގައި އެއްދުވަހުގެ ތެރޭ ރެކޯޑު ކުރެވިފައި ނުވާ ފަދަ ބޮޑު ޢަދަދެކެވެ. އިޓަލީގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދު މިހާރުވަނީ 41035 އަށް އަރާފައެވެ. މީގެ 3 ދުވަސް ކުރިން މިޢަދަދު ވަނީ 35713 ގައެވެ.އިޓަލީއެކޭ އެއްގޮތަށް ދެން އެންމެ ގިނަ މީހުންނަށް ކޮވިޑް 19 ޖެހެމުން އަންނަ އީރާންގައި ކޮންމެ 10 މިނިޓަކުން މީހަކު މަރުވާކަމަށް މިއަދު އެޤައުމުންވެސް މިވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ޗައިނާގެ ވޫހާންސިޓީން ފެނުނު މިބަލީގައިޗައިނާއިން މިހާތަނަށް މަރުވެފައިވަނީ 3245 މީހުންނެވެ. އިޓަލީގައި ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.