English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ސަރުކާރުން މިއަދު ތައާރަފްކޮށްފި އެވެ.

މިއީ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދު ދަށްވެ، ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް، ތައާރަފް ކުރާ އިގްތިސާދީ އެހީގެ ޕެކޭޖެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓުގައި ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ސަރުކާރުގެ ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމާ ގުޅިގެން ދިވެހިންގެ ވަޒީފާތައް ގެއްލުމުގެ ފުރުސަތު ކުޑަކޮށް، ޕްރައިވެޓް ސެކްޓަރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުން. މި ދޭ އެހީ ވިޔަފާރިވެރިންނާއި އާންމު ފަރުދުން ވެސް ރަނގަޅު ގޮތުގައި ބޭނުންކޮށް ދިވެހިންގެ ވަޒީފާގެ އަދަދު މަދުނުކުރުން އެދެން” އަމީރު ވިދާޅުވިއެވެ.

މި ނޫސްކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ފައިނޭންޝަލް ޕެކޭޖުގެ މައިގަނޑު މަގްސަދަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުންކަމަށާއި ކޮވިޑް19 އާ ގުޅިގެން ދޭ މާލީ އެހީ ލިބޭނީ މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް ކަމަށެވެ.

1 ކޮމެންޓް
Don
މާޗް 19, 2020
ރަނގަޅަ ކަމައް މީ.