English Edition
Dhivehi Edition

ކުންފުންޏެއްގެ ވިލިމާލޭ އޮފީހުގެ ސެކިއުރިޓީ އޮފީސަރެއް، ވިލިމާލޭގެ ޖޯއްޔެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ ވިލިމާލޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު 6:13 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށާއި ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު މާލޭގައި ވެސް ސެކިއުރިޓީ އޮފިސަރަކު ނިޔާވެފައި އޮއްވާވަނީ ފެނިފައެވެ،