English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން، އީރާންގެ ސަރުކާރުން ސިއްހީގޮތުން ރައްކާތެރިވުމަށްޓަކައި އަންގާފައިވާ ގޮތަށް ރައްޔިތުން އަމަލުނުކޮށް ދަތުރުފަތުރުތައް ހުއްޓާލުނުލާނަމަ މިލިއަނެއްހާ މީހުން މި ބަލީގައި މަރުވުމުގެ ފުރުޞަތު ބޮޑުކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އެގޮތުން، މިކަމާ ގުޅޭގޮތުން އީރާންގެ އިސްލާމިކް ރިޕަބްލިކްގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ދަތުރުފަތުރުތައް ހުއްޓާލުމަށް ދީނީގޮތުން އަމުރެއް ވެސް ނެރެފަ އެވެ.

އީރާނުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 16 ހާހަށް އަރާފައިވާއިރު، މި ބަލީގައި ހާހަކާ ގާތްކުރާ ވަރަށް މީހުން ވަނީ މަރުވެފަ އެވެ. އެ ގައުމުން މި ބަލީގައި މިހާތަނަށް 5,389 މީހުން ވަނީ ރަނގަޅުވެފައެވެ.

މީގެއިތުރުން، ކޮރޯނާވައިރަސް މިހާރު ވަނީ 153 ގައުމަކަށް ފެތުރި ގާތްގަނޑަކަށް 7,965 އެއްހާ މީހުން މަރުވެފަ އެވެ. އަދި މި ބަލިޖެހިފައިވާ މީހުންގެ އަދަދު 198,241 އަށް އަރާފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 82,624 އެވެ.