English Edition
Dhivehi Edition

ލަންކާގެ ޤައުމީ އެއަރ ލައިން ކަމަށްވާ ސްރީލަންކަން އެއަރ ލައިންގެ ޕައިލެޓަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ގައުމީ އެއާލައިނުގެ ފަސްޓް އޮފިސަރަކު ވައިރަސް އަށް ޕޮސިޓިވް ވުމާއިއެކު އެ އެއާލައިނުގެ ބައެއް މުވައްޒަފުންނަށް ވަނީ ސެލްފް- ކަރަންޓީނު ކުރުމަށް އަންގާފައެެވެ.

މިއަދު ލަންކާ އިން ކޮވިޑް-19 އަށް ފައްސިވި 10 މީހުންގެ ތެރޭގައި އެ ޕައިލެޓުވެސް ހިމެނިފައި ވާއިރު، މިއަދު އެގައުމުން ވައިރަސް އަށް ފައްސިވި 10 މީހުންނާއި އެކު ޖުމްލަ އަދަދު ވަނީ 28ށް އަރާފައެވެ.

މިއީ ލަންކާގެ އޭވިއޭޝަން ދާއިރާއިން ކޮވިޑް -19 އަށް ފައްސިވި ފުރަތަމަ ފަރާތެެވެ.

ޓެގު