English Edition
Dhivehi Edition

ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ބޭސްފިހާރަތައް ފިޔަވައި ހުރިހާ ފިހާރަތަކެއް ސައުދިއަރަބިޔާގައި ބަންދުކޮށްފި އެވެ.

ސައުދިއަރަބިއްޔާގެ މޯލްތައް ބަންދުކުރަން ނިންމާފައި ވަނީ އެ ޤައުމުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ހުއްޓުވުމަށެވެ. އެޤައުމުގެ ސަރުކާރުން ވަނީ މިއަދުން ފެށިގެން ރެސްޓޯރެންޓް ތަކާއި ކެފޭތައް، ޕާކްތައް، ބަގީޗާތައް ބަންދުކުރަން ނިންމާފަ އެވެ. ނަމަވެސް ކާބޯތަކެތި ޑެލިވަރީ ކޮށްދޭ ތަންތަނާއި ބޭސްފިހާރަތައް ބަންދުކޮށްފައި ނުކުރެ އެވެ.

ވައިރަހާއި ގުޅިގެން ސައުދިއަރަބިޔާގައި ވަނީ މީހުން އެއްވެ އުޅުން މަނާކޮށް ކައިވެނި ހަފްލާތަކާއި ކުޅިވަރުހަރަކާތްތައްވެސް ނުބޭއްވުމަށް އަންގާފަ އެވެ. އެ ޤައުމުގައި މިހާތަށް 103 މީހުންނަށް ވައިރަސް ޖެހިފައި ވާއިރު 2 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ސައުދީ އިން ވަނީ އެޤައުމަށް ދަތުރުކުރާ ބައެއް ބޭރުގެ ފްލައިޓްތައްވެސް ކެންސަލް ކޮށްފައެވެ.

ނުރައްކާތެރި ކޮވިޑް-19 ދުނިޔޭގެ އެތަކެއް ޤައުމަކުން ފެނިފައިވާއިރު މިހާތަނަށް 167,517 މީހަކަށް ވަނީ މި ވައިރަސް ޖެހިފައެވެ. 6,455 މީހުން މި ބަލި ޖެހިގެން މަރުވެފައިވާއިރު 76,590 މީހުން ވަނީ މި ބަލިން ރަނގަޅު ވެފަ އެވެ.