English Edition
Dhivehi Edition
އައްޑޫ ނޭޗަރ ޕާކް - ފޮޓޯ: އައްޑޫ ނޭޗަރ ޕާކް

އައްޑޫ ސިޓީގެ ޕާކްތަކާއި މައިޒާންތަކަށް ޒިޔާރަތް ކުރުން ހުޓާލުމަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ދާދި ދެންމެއަކު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ އެންގުމާއި ގުޅިގެން އައް ޑޫސިޓީގެ ޕާކްތައް ބަންދުކޮށް، ޕިކްނިކް ދިއުމާއި އާންމުކޮށް ގުރޫޕްކޮށް އެއްވެއުޅޭ ކުޅިވަރު ކުޅުން (ސްވިމިން ޓްރެކް ސަރަހައްދު / އާއްމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަހައްދުތައް ފަދަ ތަންތަން) ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް އަަންގާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީގެ ރިސޯޓުތަކާއި ސިޓީހޮޓާތަކާއި ގެސްޓްހައުސްތަކާއި އަދި އައްޑޫ އަށް އަންނަ ސަފާރީ ތަކުން އަންނަ ފަތުރުވެރިންނާއި އެހެނިހެން ފަރާތްތަކުން، އައްޑޫ ސިޓީގެ އަވަށްތަކަށް އެކްސްކާރޝަނަށް ދިއުން ހުއްޓާލުމަށް އަންގައިފަ އެވެ. އަދި އައްޑޫ ސިޓީގެ ރިސޯޓުތަކާއި އަދި އައްޑޫ އަށް ސަފާރީ ތަކުން އަންނަ މީހުން، މީހުން ދިރިއުޅޭ އަވަށް ތަކަށް އެރުން ހުއްޓާލުމަށާއި، އަވަށްތަކުން ވެސް ރިސޯޓުތަކާއި ސަފާރީތަކަށް ދިއުން ހުއްޓާލުމަށްވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު، މިހާތަނަށް 13 މީހަކު ވަނީ މި ވައިރަހަށް ރާއްޖެއިން ފައްސި ވެފައެވެ. އަދި މުޅި ދުނިޔެއިން މިހާތަނަށް 157,849 މީހަކަށް ވަނީ އެ ބަލި ޖެހިފައެވެ.

ސަރުކާރުން ވަނީ ވައިރަހާއި ގުޅިގެން މުޅި ރާއްޖެއަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.