English Edition
Dhivehi Edition
Copyright 2016 The Associated Press. All rights reserved. This material may not be published, broadcast, rewritten or redistributed without permission. Mandatory Credit: Photo by Chris O'Meara/AP/REX/Shutterstock (7423429h) Donald Trump Republican presidential candidate Donald Trump pumps his fist after a campaign speech, in Sarasota, Fla Campaign 2016 Trump, Sarasota, USA - 07 Nov 2016

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓުކޮށްފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ޓެސްޓުކޮށްފައި މިވަނީ އެމަނިކުފާނަށް ވައިރަސް ޖެހިފައި ހުރިތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމަށްޓަކައި އެވެ.

ރައީސް ޓްރަމް އާއި ދާދިފަހުން ބައްދަލުކުރެއްވި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އަށް ވައިރަސް ޖެހިފައިވާކަމަށް ބްރެޒިލްގެ ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. އެ ރިޕޯޓުތަކުގައި ބުނެފައި ވަނީ ރައީސް ޖައިރް ބޮލްސޮނާރޯ އަށް ވައިރަސް ޖެހިފައިވާކަން އެނގިފައި ވަނީ އެމަނިކުފާނުގެ ތަރުޖަމާނަށް ވައިރަސް ޖެހިފައިވުމުން ހެދި ޓެސްޓުތަކުން ކަމަށެވެ.

ޓްރަމް ވައިރަހަށް ޓެސްޓުކޮށްފައިވާއިރު އެމަނިކުފާނުގެ ގައިން ބަލީގެ އެއްވެސް އަލާމަތެއް އަދި ފެނިފައެއް ނުވެއެވެ. ޓްރަމްގެ ޓެސްޓުގެ ނަތީޖާ ކުރިޔަށް އޮތް ދެ ދުވަސްތެރޭގައި ލިބޭނެ އެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 2،499 ގައެވެ. 55 މީހުން މި ބަލި ޖެހިގެން އެ ޤައުމުން މަރުވެފައިވާއިރު 49 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.