English Edition
Dhivehi Edition

ގދ. ރަތަފަންދޫ ފުޓުބޯޅަ ދަނޑުގައި އަލިފާންރޯކޮށްލައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މިރޭ 19:35 ހާއިރު ގދ. ރަތަފަންދޫ ފުޓުބޯޅަ ދަނޑުގެ ތެރޭގައި ބަޔަކު އަލިފާން ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ރައްޔިތުންނާއި ގުޅިގެން މިރޭ 20:00 ގައި އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މުދަލަކަށް ގެއްލުން ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

“މި ދަނޑަކީ ގުދުރަތީ ވިނަ ދަނޑެއް، އަދި ރޯކޮށްލާފައި ވަނީ ދަނޑުގެ ތެރޭގައި ހުރި ވިނަ ތަކުގަ އާއި ކުދި ގަސްތަކުގަ” ފުލުހުން ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.