Covid-19: Hukuru huthubaa aai namaadhu kurukuran angaifi - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

4 މަސް ކުރިން
ހުކުރު ހުތުބާ އާއި ނަމާދު ކުރުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
 
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މިގޮތަށް އަންގާފައި ވަނީ ރާއްޖެއިން ނުރައްކާތެރި ކޮވިޑް-19 ވައިރަސް ފެނުމާއި ގުޅިގެން އެއްވެ އުޅުންތައް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް އަންގާފައި ވަނިކޮށެވެ. އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނީ ހުކުރު ހުތުބާއި ހުކުރު ނަމާދުގައި ކުރު ސޫރަތްތައް ކިޔުމަށެވެ.
 
މާދަމާ ހުކުރު ދުވަހަށް ވާއިރު މިނިސްޓްރީން ވިދާޅުވީ ހުކުރު ނަމާދުގައި އާންމުކޮށް ކިޔަވަމުން އަންނަ ސޫރަތްތަކުގެ ބަދަލުގައި ކުރު ސޫރަތްތައް ކިޔެވުމަށެވެ. މިގޮތަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.
 
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ކޮވިޑް-19 އާއި ގުޅިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މިހާރު ރާއްޖޭގައި ވައިރަސް ޖެހިގެން 8 މީހުން ކަރަންޓީން ކޮށްފައި އެބަ ތިއްބެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަތުރުވެރިން ހިމެނެއެވެ.
 
ވައިރަހާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ ހަފްތާއަކަށް ސްކޫލުތައް ހުޅުވުން ފަސްކޮށްފައެވެ. އަދި މިދަނޑިވަޅުގައި އެއްވެ އުޅުންތައް މަދުކޮށް ގިނަގިނައިން އަތް ދޮވުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދީފައެވެ.
 
 

Advt

Advertisement