Council inthikhaabuge vote lun April 18 ah fas koffi - AO News Council inthikhaabuge vote lun April 18 ah fas koffi

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ އާއި ލޮޖިސްޓިކްސް މަސައްކަތާއި ގުޅިގެން ފުލުހުންނާއެކު އީސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)
ކައުންސިލް އިންތިޚާބުގެ ވޯޓުލުން އޭޕްރީލް 18 އަށް ފަސްކޮށްފި
3 ހަފްތާ ކުރިން

ކޮވިޑް-19 އާއި ގުޅިގެން އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް މީގެ ކުރިން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް މަހުގެ 18 ވަނަ ދުވަހަށް ފަސްކުރިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

Advt

Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރީ، ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މުޅި ރާއްޖެއަށް 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމާއި ގުޅިގެންކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ފަސްކުރިނަމަވެސް އިންތީޚާބަށް ވަމުންދާ ތައްޔާރީތައް ހުއްޓާނުލައި ކުރިއަށްދާކަމަށެވެ. އަދި އިންތިޚާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިހާރު ހަމައެކަނި ނުވެ ހުރީ ވޯޓް ކަރުދާސް ޗާޕް ކުރުން އެކަނި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ފެތުރުމުގެ މިންވަރު މިހާރު އޮތް ގޮތުން، ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު އިއުލާނުކޮށްފައިވާ ތާރީހާ ހިސާބަށް ދާއިރު، ބޮޑެތި އެއްވުންތައްް ބޭއްވޭ ވަރަށް ރާއްޖޭގެ އާއްމު ސިއްހަތު ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވަނީ ވިދާޅުވެފައެވެ.

ކައުންސިލްގެ އިންތިހާބު ފަސްކުރުމުގެ އެއްވެސް ވިސްނުމެއް، މިއަދާ ހަމައަށް، އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައި ނުވިނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތަށް ރިޔާއަތް ކޮށް އިންތިޚާބު ވަނީ ފަސްކޮށްފައެވެ. ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރީ، ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މުޅި ރާއްޖެއަށް 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމާއި ގުޅިގެންކަމަށެވެ. އަދި އެ މުއްދަތު ސަރުކާރުން އިތުރުކޮށްފިނަމަ، އެކަމުގައި ކުރިއަށްދާނެގޮތެއް ހޯދުމަށް ކޯޓަށް ވަޑައިގަންނަވާނެކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ކޯޓަށް ވަޑައިގަންނަވަނީ ކަނދައެޅިފައިވާ މުއްދަތަށްވުރެފަހުން އިންތިހާބު ބާއްވަންޖެހިއްޖެނަމަ އެކަމަށް ޤާނޫނީގޮތުން ހައްލުތަކެއް ހޯދަން ޖެހިވަޑައިގަންނަވާނެތީކަމަށެވެ.