English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ، ސުޕަރ މެޖޯރިޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ލިބިފައިވީ ނަމަވެސް، މަޖަމިލީހުގައި ބާރުގެ ބޭނުންކޮށް، ބިރުދައްކާ ޖާޖާއިޒްގޮތުގައި ބޭނުން ނުކުރާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިޚާބުގައި 70އަށްވުރެ ގިނަ ދާއިރާއާއެކު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯރިޓީއަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސަލީމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ، ސުޕަރ މެޖޯރިޓީ ޕީއެންސީއަށް ލިބިފައިވީ ނަމަވެސް، މަޖަމިލީހުގައި ބާރުގެ ބޭނުންކޮށް، ބިރުދައްކާ ޖާޖާއިޒްގޮތުގައި ބޭނުން ނުކުރާނޭކަމަށެވެ.

ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ޕީއެންސީގެ މައިނޯރިޓީ މަޖިލީހުގައި އޮތުމުން، އެ އެމްބަރުންގެ މަސައްކަތަށް އެމްޑީޕީގެ މެޖޯރިޓީ އިން ހުރަސްއަޅައި ފިއްތުންތަކާއި ކުރިމަތިކުރުވާފައިވާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫންކަމަށާއި، އެއީ ޙާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއްކަމަށެވެ. އަދި އެ އާރާއި ބާރު ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،” އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ބާރުތައް މަދުބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމުން، ނިކަމެތިން ނިކަމެތިވާކަމަށާއި، އޭގެ ސަބަބުން، ސިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުން ރައްޔިތުންނަށް ގެއްލުން ލިބިގެންދާކަމަށެވެ. އަދި ކޮންމެ ސަރުކާރެއް ވެސް ވިސްނަންޖެހޭނީ ރައްޔިތުން ނިކަމެތި ކަމުން ރަނގަޅު ޙާލަތަކަށް ގެނައުމަށްވެސް ސަލީމް ވިދާޅުވިއެވެ.