English Edition
Dhivehi Edition

މިދިޔަ އާދީއްތަ ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލީ 75 ޕަސެންޓް މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 20 ވަނަ މަޖިލިސް އިންތިހާބުގައި ވޯޓްލީ ނިސްބަތް އުޅެނީ 75 ޕަސެންޓްގައެވެ. އެއީ 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލި މީހުންގެ 6 އިން ސައްތަ މަދު އަދަދެކެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 81 ޕަސެންޓް މީހުން ވޯޓް ލާފައިވެ އެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ އިންތިހާބު ގައި 81 ޕަސެންޓް މީހުން ވޯޓްލި އިރު، 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި 77 ޕަސެންޓް މީހުން ވޯޓްލިއެވެ. އަދި 2009 ގެ އިންތިހާބުގައި 78 ޕަސެންޓް މީހުން ވޯޓްލި އެވެ. އެހެން ކަމުން މި ފަހަރުގެ މަޖިލިސް އިންތިހާބު ފާހަގަކުރެވިފައި ވަނީ ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ މަދުން މީހުން ވޯޓްލި މަޖިލިސް އިންތިހާބަށެވެ.

ވިހި ވަނަ މަޖިލީހުގައި 93 ދާއިރާއެއް ހިމެނޭއިރު، 368 ކެންޑީޑޭޓަކު ވާދަކުރިއެވެ. އަދި މި އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ 66 ގޮނޑިއާ އެކީ 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ނަގައިފަ އެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހުންނަށް ލިބިފައިވާއިރު، ވޯޓްލީ މީހުންގެ އަދަދު އުޅެނީ 215،000 އަށް ވުރެ މަތީގަ އެވެ.